ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ތާވަލުގައިވާ ގޮތުން، މި ޝަރީއަތް ތާވަލު ކޮށްފައިވަނީ، މާދަމާ ހަވީރު 4:00 އަށެވެ.
ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތް ބާއްވަމުން ގެންދަނީ ސިއްރުން ކަމަށް ވާތީ މި ޝަރީއަތް ވެސް ސިއްރުވާނެއެވެ.
އަލަމްގީރުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރާނެ ކަމަށް ބެލެވެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މީގެއިތުރުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ވެސް ދައުވާކުރާނެ ކަމަށް ބެލެވެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއް ކަމަށް މި ގާނޫނުގައި ކަނޑައަޅާފައި ވާއިރު، އެ ގާނޫނުގެ ދަށުން ކުށް ސާބިތުކުރަން ފަސޭހަވެފައި އަދަބު ބޮޑުވާނެއެވެ.
އަލަމްގީރު ފުލުހުން ހައްޔަރުކުރީ އޭނާއާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުން ނުވަތަ ބަޔަކު ބްލެކްމެއިލްކުރި މައްސަލައިގެ ތުހުމަތުގައެވެ. އެހެންކަމުން އޭނާގެ މައްޗަށް މި ދައުވާ ވެސް ކުރާނެ ކަމަށް ބެލެވެއެވެ. އަލަމްގީރުގެ މައްސަލަ ކޯޓުގައި ތާވަލު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުރާ ދައުވާގެ ތަފުސީލެއް ޕީޖީ ހާމައެއް ނުކުރެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިފަހުން އާންމުވުމާއި ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރު ކޮށްގެން ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް އަލަމްގީރު ފިޔަވާ އެ މައްސަލާގައި ހައްޔަރުކުރި އެންމެން މިހާރުވަނީ، ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާ، ދޫކޮށްލާފައެވެ.
އަލަމްގީރުގެ ވިޑިއޯތަކުގައި ފެންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހަކު ހައްޔަރުކޮށް ތަހުގީގު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު