މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން އޮޅިގެން އިއުލާންކޮށްފިއެވެ.
މިއަދު ހެނދުނު ފުލުހުން ފޮޓޯއާއެކު އިއުލާންކުރީ އދ. ގަނދެތި، ފެހިވިލާ ޝަކުލުﷲ އަލީ ނަމަކަށް ކިޔާ މީހަކު ހޯދުމަށެވެ. އޭނާ ހޯދަމުންދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައިކަމަށް ފުލުހުންގެ އިއުލާންގައިވެއެވެ.
ޝަކުލުﷲ ހޯދުމަށް ފުލުހުން އިއުލާންކުރިއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ނިޔާވެފައެވެ.
މަރުވެފައިވާ މީހަކު ހޯދުމަށް ފުލުހުން އިއުލާންކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ފުލުހުން މިހާރު ވަނީ އެ މީހާ ހޯދަން ނެރުނު އިއުލާނު ނަގާފައެވެ.

27 ޖުލައި 2020 ގައި ހުށައެޅި މައްސަލައެއް ތަޙްގީގު ކުރަން ހޯދަން އިއުލާން ކުރީ މިއަދު. އެވެސް އެމީހާ މަރުވެ އަހަރަކަށްވުރެ ގިނަދުވަސް ފަހުން.
— TᕼOᖇEY (@thoreyx) August 28, 2022
މިހާވަރަށް ފުލުހުންގެ ޙިދުމަތް ފުޅާކުރީމަ ބުނާނެއެއްޗެއްވެސް ނޭނގިފަ މިހުރީ 🥺🥺@M_Hameedh @ShimranAb @PoliceMv pic.twitter.com/WfOmpJdPEY
މަރުވެފައިވާ މީހަކު ހޯދުމަށް ފުލުހުން އިއުލާންކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ފުލުހުން މިހާރު ވަނީ އެ މީހާ ހޯދަން ނެރުނު އިއުލާނު ނަގާފައެވެ.
ކިޔުންތެރިންގެ ހިޔާލު