މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގެ ލަފާފުރުމުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މ. ވޭވަށުގައި ސަރުކާރުން ތަރައްޤީކުރި ބަނދަރު ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީގެ ތެރެއިން ކުދި އާބާދީ އޮތް ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ވޭވަށަށްވެސް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ދެކުނީ އާބާދީ ކުޑަ ނަމަވެސް ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތަކެއް ހުންނާނެކަން ކަމަށާއި، އެހެންކަމުން ފެނާއި ނަރުދަމާއާއި، ސިއްޙީ ޚިދުމަތް ރަށާއި އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ޤާއިމްކުރުމާއި، ތައުލީމް ފޯރުކޮށްދިނުންފަދަ އަސާސީ މުހިންމު ޚިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 4 އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވަނީ މިދައުރު ނިމޭއިރު، ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއެކު ޖުމްލަ 115 މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 38 ރަށުގެ މަސައްކަތް ނިންމާ ގިނަ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ވޭވަށުގެ ތަރައްޤީއަށް މީގެ ކުރީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ޚަރަދުކުރީ 2 މިލިއަން ރުފިޔާކަމަށާއި، މިސަރުކާރުގެ 4 އަހަރު ތެރޭގައި 100 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭވަށަށް އަދިވެސް ބޭނުންވާ ކަންކަން ހުންނާނެކަމަށާއި، އެކަންކަންވެސް ފުރިހަމަކޮށްދިނުމުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސާލިހު ވޭވަށަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު