ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ހަމައެކަނި ބިންގާ އަޅާފައި ދޫކޮށްލާ ސަރުކާރެއް ނޫންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި އެ ރަށުގައި އިއްޔެ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ސަރުކާރަކީ ވައުދުވެ ވައުދު ފުއްދުމުގައި މާޒީގައި ފެނުނު ސަރުކާރުތަކާ ނުބައްދަލު މާ ކާމިޔާބު ސަރުކާރެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަކީ ހަމައެކަނި ބިންގާތަކެއް އަޅާދީފައި އެ ބިންގާ އެޅިތަނުގައި ވިނަފަޅާ ބޯ ޖަންގައްޔަކަށް އެތަން ވެގެންދާއިރު ވެސް ބިންގާ ބާވެފައި އޮންނާނެ ސަރުކާރެއް ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ ހަމައެކަނި ދިއްގަރަށް ބަލާލުމުން ވެސް ފެންނަން އޮތީ ވޭތުވެދިޔަ 40 އަހަރުތެރޭ ނުވެ ހުރި ކަންކަން މި ސަރުކާރުންކޮށްދީ ނިންމަމުންދާ މަންޒަރު ކަމަށެވެ.
އެގޮތުން ދިއްގަރު ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްދީފައިވާއިރު، ރަށުން ގިރާލި ބައި މި ސަރުކާރުން އިޔާދަކޮށްދީފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ދިއްގަރަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި ރައީސް ޞާލިޙަކީ ވައުދުވެ ވައުދު ފުއްދަވާ ރައީސެއް ކަމަށެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ އޭގެ ލާބަޔާއި މަންފާ އޮތީ ރައްޔިތުންނަށާއި ގައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. އެ މަޝްރޫއުގެ ދަށުން 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު