މިހިނގާ ރިޔާސީ ދައުރުގައި ބާކީއޮތް އެެއް އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުލަކަތޮޅު ދިއްގަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ދިއްގަރު ސްކޫލުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި ދިއްގަރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ މިހިނގާ ދައުރުގައި ބާކީ އޮތީ އެއް އަހަރުކަމަށާއި، އެ ކުރު މުއްދަތުގައި ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އަދި ކައުންސިލްތަކާއިއެކު މިގޮތަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސާއެކު ދިއްގަރު ކައުންސިލުން ބޭއްވި މި ބައްދަލުކުރުމުގައި ފާހަގަކުރި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާ، ދިއްގަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭމިންވަރު އިތުރުކުރުން ހިމެނެއެވެ.
ރައީސް މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ދިއްގަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސް ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ. މިވޮލީމެޗު ބެލުމަށް ދިއްގަރުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ހާޒިރުވިއެވެ.
ރައީސް މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އެއަތޮޅު ވޭވަށަށާ، މުއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

On M. Dhiggaru Island, President @ibusolih meets with the members of the island council and WDC. Discussions at the meeting focused on the developmental needs of the island. pic.twitter.com/TevRmXs4LU
— The President's Office (@presidencymv) August 27, 2022
މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސާއެކު ދިއްގަރު ކައުންސިލުން ބޭއްވި މި ބައްދަލުކުރުމުގައި ފާހަގަކުރި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާ، ދިއްގަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭމިންވަރު އިތުރުކުރުން ހިމެނެއެވެ.
ރައީސް މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ދިއްގަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސް ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ. މިވޮލީމެޗު ބެލުމަށް ދިއްގަރުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ހާޒިރުވިއެވެ.
ރައީސް މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އެއަތޮޅު ވޭވަށަށާ، މުއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު