މާލޭ މަސްމާރުކޭޓުން ވައްކަންކުރަން އުޅުނު ކަމަށް ބުނެ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.
މާލޭ މަސްމާރުކޭޓުން ވައްކަންކުރަން އުޅުނު ކަމަށް ބުނެ މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ މަސްމާރުކޭޓުގެ އެތެރޭގައި ބަޔަކު އެ މީހާ ގައިގައި ތަޅައިގަނެ، ބިންމައްޗަށް ވައްޓާލައި، ގޮށްމުށުނއ ތަޅާ މަންޒަރެވެ.
އެއަށްފަހު އޭނާ މާރުކޭޓުން ބޭރަށް ނެރެގެން ގެންގޮސް، ބަނދަރު މައްޗަށް ނެރެ، އޭނާ ކޮށްޕާލަނީ މޫދަށެެވެ. އަދި ފަހުން ފުލުހުން އެތަނަށް ގޮސް، އޭނާ މޫދުން ނަގައިގެން ވަނީ ގެންގޮސްފައެެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. ވައްކަން ކުރި ކަމަށް ބުނެ މީހަކަށް އަނިޔާ ކޮށްފައިމިވަނީ އެގޮތަށް ކަންތައް ނުކުރަން މިދިޔަ ހަފުތާގައި ފުލުހުން އާންމުންނަށް އަންގައިފައިވަނިކޮށެވެ.
ފުލުހުން ބުނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ކުށްތައްކުރާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. ފުލުހުން ބުނީ އެފަދަ އަމަލުތަކަކީ މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށެެވެ.
މިފަހަކަށްއައިސް ރާއްޖޭގައި މިފަދަ ޖިނާއީ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގައި ރައްޔިތުން އަމިއްލަޔަށް އިންސާފު ގާއިމު ކުރަން މަސައްކަތް ކުރުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު