އިސްލާމީ ޘަޤާފަތާއި އަޚުލާޤު މި ޤައުމުގައި އާލާކޮށް ދިރުވަން ފަރުދުންނާއި ޖަމާޢަތްތަކުން ގިނަ މަސައްކަތްތަކެއް ކުރުން ޖެހިފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެެވެ.
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ ދީނީ ގޮތުންނާއި އިޖުތިމާއީ އަޚްލާޤިއްޔާތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އެތައް ގުނައަކަށް އިތުރު ވަމުންދާ ކަމަށެެވެ. އެހެންކަމުން އިތުރު ހިއްވަރާއި ޢަޒުމަކާއެކު އިސްލާމީ ޘަޤާފަތާއި އަޚުލާޤު މި ޤައުމުގައި އާލާކޮށް ދިރުވަން ފަރުދުންނާއި ޖަމާޢަތްތަކުން ގިނަ މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު މިފަހަކަށް އައިސް އާންމުން ނިކުމެ ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކޮށް ހަވަރަށްދީ ހަދާ މައްސަލަތައް ދަނީ އިިތުރުވަމުންނެެވެ. އެގޮތުން ޖިންސީ ގޯނާގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ބަރަހަނާކޮށް، ބައެއް މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް ހަދާ އެފަދަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
މީގެ އިތުރުން މިދަނޑިވަޅަކީ އެންޖިންސުން ގުޅުން ހިންގުމާއީ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކެއް ވެސް ލީކުވެ ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއް ކަން ފާހަގަކޮށްލެވެއެެވެ.

ދީނީ ގޮތުންނާއި އިޖުތިމާއީ އަޚްލާޤިއްޔާތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އެތައް ގުނައަކަށް އިތުރު ވަމުންދާ އިރު، އިތުރު ހިއްވަރާއި ޢަޒުމަކާއެކު އިސްލާމީ ޘަޤާފަތާއި އަޚުލާޤު މި ޤައުމުގައި އާލާކޮށް ދިރުވަން ފަރުދުންނާއި ޖަމާޢަތްތަކުން ގިނަ މަސައްކަތްތަކެއް ކުރުން މުހިންމު.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 27, 2022
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު މިފަހަކަށް އައިސް އާންމުން ނިކުމެ ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކޮށް ހަވަރަށްދީ ހަދާ މައްސަލަތައް ދަނީ އިިތުރުވަމުންނެެވެ. އެގޮތުން ޖިންސީ ގޯނާގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ބަރަހަނާކޮށް، ބައެއް މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް ހަދާ އެފަދަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
މީގެ އިތުރުން މިދަނޑިވަޅަކީ އެންޖިންސުން ގުޅުން ހިންގުމާއީ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކެއް ވެސް ލީކުވެ ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއް ކަން ފާހަގަކޮށްލެވެއެެވެ.
ކިޔުންތެރިންގެ ހިޔާލު