މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މުޅި ދައުލަތް ފެއިލްވެ، ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވެ މި ނިމެނީ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"މިކަމުގައި މުޅި ދައުލަތް ފެއިލް ވެއްޖެ. ރައްޔިތުން ގޮތް ހުސްވެ ޤާނޫނު އަތަށް ނަގަން ފަށައިފި." މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ނިޒާރު ވިދާޅުވިއެވެ.



ނިޒާރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްލަށް އޮތް ހުރަހެއް ކަމާއިބެހޭ އިދާރާތަކަށް ބުނެ ނުދެވުނު ކަމަށެވެ. ނަމަވެސް އެކަމުގައި ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުން ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ފަހަކަށް އައިސް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެެތި ވެސް އަތުލައިގަނެއެވެ.



ކިޔުންތެރިންގެ ހިޔާލު