ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިހުރި މަޝްރޫޢުތަކާއިގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު، މ.މަޑުއްވަރީ ކައުންސިލް އިދާރާގައެވެ.
މިބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވިފައި ވަނީ، މަޑުއްވަރީގެ ބަނދަރާއި ގުޅޭ ގޮތުންނެވެ. މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާއި މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުމުންނެވެ.
އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދޭނީ މަޑުއްވަރީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، ސަރުކާރުން މަޑުއްވަރީގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ހާއްސަކޮށް ރައްޔިތުންގެ އަޑު އައްސަވާތީ ރައީސް ޞާލިޙަށް އެ ރަށު ރައްޔިތުން ޝުކުރު އަދާ ކުރާ ކަމަށް އެ ކައުންސިލުން ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު