ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަޑުއްވަރީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޑުއްވަރީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސަށް މަރުހަބާ ދެންނެވުމަށް ކައުންސިލްގެ މެމްބަރުންނާއި ރަށުގެ އާއްމުންގެ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޑުއްވަރީއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ. މީގެއިތުރުން އެރަށުގައި ކުރިއަށްދާ ތަރައްގީގެ މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.



ރައީސުލްޖުމްހޫރިއްޔާ މ.މަޑުއްވަރީއަށް ވަޑައިގަތީ އެއަތޮޅު ރަތްމަންދުއަށް ވަޑައިގަތުމަށްފަހުއެވެ.

މުކަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަންނަވާނީ، ހޯމަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު