އަހުމަދު މަސްނޫމް   27 އޯގަސްޓު 2022 - 10:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންް ރަތްމަންދުއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރަތްމަންދޫއަކީ ރައީސް ސާލިހު މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

ރައީސް ސާލިހު ރަތްމަންދުއަށް މިއަދު ހެނދުނު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ އާއްމުންގެ ގިނަ ބަޔަކު އެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަތްމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާނެއެވެ. އަދި އެރަށުގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލައްވާނެއެވެ.

މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެވަޑައިގަންނަވާނީ، ހޯމަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު