ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. މިއީ ނުރަސްމީ ދަތުރުފުޅަކަަށްވާތީ މަޖިލީހުގެ އިދާރާއިން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އިންޑިއާއަށް މިކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް މިގާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށެވެ.
އިންޑިއާއަކީ ރައީސް ނަޝީދުގެ ވަރަށް ގާތް އެކުވެރި އެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި pic.twitter.com/xhrDPkU4TU
— People's Majlis (@mvpeoplesmajlis) August 27, 2022
އިންޑިއާއަށް މިކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް މިގާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށެވެ.
އިންޑިއާއަކީ ރައީސް ނަޝީދުގެ ވަރަށް ގާތް އެކުވެރި އެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު