އަހުމަދު މަސްނޫމް   27 އޯގަސްޓު 2022 - 9:32
ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށައެޅުވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހުޅުވާލާފައިވާއިރު ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޒުވާނުންގެ އެވޯޑަށް 18 ދާއިރާއިން ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

ޒުވާނުންގެ އިނާމަށް ހުޅުވާލާ ދައިރާތައް:-

1. ވިޔަފާރިއާއި އިޤްތިޞާދު

2. އާރޓް – ފަންނުވެރި ޒުވާނާ

3. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން

4. ޞިއްޙީ ނުރަނގަޅު އާދަތަކާއި ދެކޮޅަށް މަސައްކަތްކުރުން

5. ކުޅިވަރަށް ޚިދުމަތްކުރުން

6. ދަރުމަވެރިކަން

7. ވޮކޭޝަނަލް ޓްރެއިނިންގް – ދަސްކޮށްދިނުން

8. ނަފްސާނީ ދުޅަހެޔޮ ސިއްޙަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުން

9. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން

10. މަސްވެރިކަމުގެ ދާއިރާ

11. ދަނޑުވެރިކަމުގެ ދާއިރާ

12. މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް މަސައްކަތްކުރުން

13. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން

14. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން

15. ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން

16. ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުން

17. ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ

18. ނޭޝަނަލް ޔޫތު ވޮލަންޓި

ޒުވާނުންގެ އިނާމާ ގުޅޭ ތަފުސީލްތަކާއި، މާކްސް ދޭނެ ގޮތުގެ ތަފްސީލް ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ. އިނާމަށް ނަން ހުށައެޅުމަށް ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 13:00 އެވެ.

ޤައުމީ ފެންވަރުގައި ރާއްޖެއިން ޒުވާނުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 22 އޮކްޓޯބަރެވެ. މީގެކުރިން ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް، 12 އޮގަސްޓްގައެވެ.



ކިޔުންތެރިންގެ ހިޔާލު