ޖުމުހޫރީ ޕާޓީގެ ކޮންގުރެސް އަންނަ ޑިސެންބަރު މަހު ބާއްވަން ތައްޔާރުވަމުންދާ ކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ރޭ ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ މީޑިޔާ އަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ އެޕާޓީގެ ކޮންގުރެސް އަންނަ ޑިސެންބަރު މަހު ބާއްވަން ތައްޔާރުވަމުންދާ ކަމަށެވެ. އެޕާޓީގެ ކޮންގުރެސް އަށްފަހު ސިޔާސީ މަންޒަރަށް ބަދަލުތަކެއް އަންނާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ނަން ރިޔާސީ އިންތިޚާބުގައި އޮންނާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކަކީ އިންތިޚާބުގައި ވާދަކުރަން އުފެދިފައިވާ ޕާޓީތަކެއް، އެހެންކަމުން އަޅުގަނޑުމެންގެ ނަން އޮންނާނެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ވާދަކުރާނީ މިވެނި ގޮތަކަށޭ، ކޯލިޝަންގައި ތިބޭނެތޯ ނުވަތަ ނޫންތޯ، ވާދަކުރާނީ ކޯލިޝަން ތެރެއިންތޯ ނުވަތަ ގިނަކަންޏާތޯ، މިކަމަށް އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނީ މި ކޮންގުރެސް އާއި ހިސާބުން." ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވަޔަރަަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީ އިން މިިވަގުތު މަސައްކަތް ކުރަނީ މެމްބަރުން އިތުރުކޮށް އެޕާޓީ ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށެެވެ. އަދި މިހާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
"ރައީސް ސާލިޙަކީ ކޯލިޝަންގެ ޗެމްޕިއަނޭ އަޅުގަނޑު ދަންނަވާނީ، ހުރިހާ ވައުދުތަކަކީ އެމަނިކުފާނު ކުރަށްވާ ވައުދުތަކެއް ވެސް ނޫން، ސަރުކާރު ހިންގަވަން ހުރި ފަރާތަކަށްވީމަ ރައީސާއި ދިމާލަށް މި ވާހަކަތައް މި އަމާޒުވަނީ، އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި މޭޒެއްގެ ދޮށަައް އައިސް ވާހަކަ ދައްކާއިރު ވަރަށް ގިނަ ފަރާތްތަކެއް މީގައި ހިމެނޭ." އެމްޑީޕީ، އަދާލަތު، އެމްއާރުއެމް ހިމެނޭ ކޯލިޝަން ސަރުކާރާއި ގުޅޭގޮތުން އަލީ ސާލިހު ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ބަސްވިކޭ މުހިންމު ޕާޓީއެކެެެވެ. އެގޮތުން އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއް ވެސް ބުރަވެފައިވަނީ ޖުމުހޫރީ ޕާޓީގެ ތާއިދު އޮންނަ ކެންޑިޑޭޓަކަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު