އިންޑިޔާ ރައްޔިތެއްގެ ފޯނު ފޭރިގަތް މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެެވެ.

އިންޑިޔާ ރައްޔިތެއްގެ ފޯނު ފޭރުނު މައްސަލަައިގައި މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެެވެ. އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެދިވެހި ފިރިހެނެކެވެ.

ކޯޓް އަމުރެއްގެ ދަށުން އެއެމީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށްް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެެވެ.

އެމީހާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މައްސަލަ ހުށައަޅާ ފަރާތުގެ ބަޔާނާއި ސީސީޓީވީ ކެމެރާގެ ސްނެޕް ޝޮޓްތަކާއި ހާދިސާގެ ރިޕޯޓް ފުލުހުން ކޯޓަށް ހުށައަޅާފައިވާ ކަމަށާއި، އެ ހެކިތަކުން އިންޑިޔާ ރައްޔިތެއްގެ ފޯނު ފޭރިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.



ފުލުހުން މިހާރު ވަނީ ފޭރުނު އިންޑިޔާ މީހާގެ ފޯނު މީހަކަށް ވިއްކާލާފައިވަނިކޮށް އެ ފޯނު ވެސް ހޯދާފައެެވެ. ކްރިމިނަލް ކޯޓުން މީގެ ކުރިން ނެރެފަައިވާ އަމުރުތަކުން އެނގޭ ގޮތުގައި އިންޑިޔާ ރައްޔިތެއްގެ ފޯނު ފޭރިގަނެގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ގުރޫޕު ހަދައިގެން ވައްކަންކޮށް ފޭރެމުންދާ އެކަމުގެ ރިކޯޑް އޮތް މީހެކެވެެ.

ފުލުހުން ގެންދަނީ މިމަައްސަލަ ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު