ވޮލީ ކުޅެން ހުއްޓާ މިރޭ ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ވޮލީ މުބާރާތުގެ މެޗެއްގައި ކުޅެން ހުއްޓާ ކުއްލިގޮތަކަށް ނިޔާވީ އެއްވަނަ ޑިވިޝަންގައި ވޮލީ ކުޅެފައިވާ އަހްމަދު އަބްދުﷲ (ޑަކީ) އެވެ. އޭނާ ނިޔާވީ އދ. މާމިގިލީގައި ކުރިއަށް ދިޔަ އދ. ދިއްދޫއާއި އދ. ދަނގެތި ކުޅުނު މެޗްގައި ކުޅެމުންދަނިކޮށެވެ.

ދިއްދޫ ޓީމަށް ކުޅުނު ޑަކީ ވެއްޓުމާއިއެކު އޭނާއަށް އަވަސް ފަރުވާ ވެސް ވަނީ ދީފައެވެ. ޑަކީއަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައެވެ. ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް ބައިވެރިވަމުން އައި އެ ޒުވާނާގެ ކުއްލި މަރާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު