ފިހާރައެއްގެ ތެރޭގައި ދިހަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެެވެ.
ފުލުހުން ބުނީ މާލޭގެ ފިހާރައެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ބިދޭސީއަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިއްމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު