ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާތީ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޓު އެލާޓު ނެރެމުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެެވެ.
އެންޑީއެމުން ނެރުނު ބަޔާނެއްގައި ވަނީ ބޯކޮށް ވާރޭ ވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކުރާތީ، ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެއަށް އެންމެފަހުން ކުރި ގަދަވިއްްސާރާގައިވެސް ގިނަ އަދަދެއްގެ ރަށްރަށަށް އުދައަރައި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މެޓް އޮފީހުން ވަނީ، ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު