އިބްރާހިމް ފަހީމް   26 އޯގަސްޓު 2022 - 17:36
މާލޭގެ ފަތާ ޓްރެކް ސަރަހައްދު ބޭރު ތޮށިން ކަނޑަށް ފުންމާލި މީހަކު ފުލުހުން މިއަދު ސަލާމަތް ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިންގޮތުގައި، ޓްރެކް ސަރަހައްދު ބޭރު ތޮށިން މީހަކު ކަނޑަށް ފުންމާލި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 15:58 އެހާކަންހާއިރު ކަމަށެވެ. އަދި އެމައުލޫމާތު ލިބުމާއެކު އޭނާ ސަލާމަތްކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ، މިކަން ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ. އެހެން ބުނެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު