އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅަކު ވިދާޅުވީ ޕްރައިމަރީއަށް އަންނަމަހުގެ ކުރީކޮޅު ހުޅުވާލާނެކަމަށެވެ. އަދި އިންތިޚާބު އޮކްޓޯބަރުމަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއްނުވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮކްޓޯބަރުމަހު ބާއްވަން ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި، އެމްއެންޕީން ކާނަލް ނާޒިމާއި، އެމްޑީއޭއިން އަހުމަދު ސިޔާމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު