މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ "އިންސްޕެކްޓަރ ކޯސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް މިޑުލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި އިންސްޕެކްޓަރ ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ސިޕީ ވިދާޅުވިއެވެ.
ހަމަ އެހެންމެ މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ޚިދުމަތްދިނުން ތަރައްގީވާން އެބަޖެހޭ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާ އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މިއަދު ފެނިގެންދަނީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. ސީޕީ ހަމީދުގެ ވާހަކައިގައި ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާން ޖެހިފައިވާ ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން މިހާރު މިކުރާގޮތަށް ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ. މިއަދު ފެނިގެން މިދަނީ އިޖުތިމާއީ ވަރަށްގިނަ ކަންކަމީ ފުލުހުން އެކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަންކަން ކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކި ގަބޫލުކުރަމުން އަންނަތަން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މިކަންކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިތަކާ އަދި ވަކިން ހާއްސަކޮށް އެޓިޓިއުޑް ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި މިކަންކުރުމުގައި ފްރަންޓްލައިންގެ ޕޮލިސިންގ، ފްރަންޓްލައިން ރެސްޕޯންސްގެ މަސައްކަތް، ކްރައިމް އިންވެސްޓިގޭޝަން، އިންޓެލިޖެންސްގެ ދާއިރާގެ މަސައްކަތް، އަވައްޓެރި ފުލުހުންގެ މަސައްކަތާއި ވިކްޓިމުންނަށްދޭ ސަޕޯޓުގެ މަސައްކަތާއި ރޯޑް ޕޮލިސިންގ އަދި ސަޕޯޓް އެހެނިހެން ދާއިރާތަކުގެ މަސައްކަތް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ސީޕީ ހަމީދުގެ ވާހަކައިގައި ފުލުހުންގެ ޚިދުމަތުގެ ކޯރ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ޚިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ޚިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުންކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު