ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ "އިންސްޕެކްޓަރ ކޯސް" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އިންސްޕެކްޓަރ ކޯހުގެ ބައިވެރިންނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އައްޑޫ ސިޓީގައި ގާއިމުކުރިފަހުން ކޮލެޖުން ދަސްވެނިވާ ފުރަތަމަ ބައިވެރިންކަން ފާހަގަކުރައްވައި އެ އޮފިސަރުންނަށް މަރުހަބާ ދެންނެވިއެވެ. އަދި މި ކޯހަކީ ކޮމިޝަންޑު އޮފިސަރުންގެ ރޭންކަށް ބަދަލުކުރެވޭ އޮފިސަރުންނަށް ހިންގިފައިވާ މިފަދަ އެހެން ކޯސްތަކާ ބަލާއިރު ކޯހުގެ ބައިވެރިން އެންމެ ގިނަ އަދަދަކަށް ހިމެނިގެންދިޔަ ކޯސްކަން ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ޖޫނިއަރ އޮފިސާސް ކޮމާންޑު ކޯހުގެ ނަމުގައި ދެ ބެޗެއް ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ މި ކޯހުގެ ސިލަބަހާއި ކޯހުގެ ނަން އިންސްޕެކްޓަރ ކޯހުގެ ނަމަށް ބަދަލުކޮށް ހިންގޭ ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ކެރިއަރގައި މުހިންމު ހަރުފަތެއް ގިރާކުރުމަށް ފަރުމާކުރެވިފައިވާ އިންސްޕެކްޓަރ ކޯހަކީ ވަރަށް މުހިންމު މަގުސަދުތަކެއްގެ މައްޗަށް ހިންގަމުންދާ ކޯހެއްކަން ފާހަގަކުރެއްވިއެވެ. އަދި އެހީ ފުލުހުންގެ ފަންގްޝަންތައް މެނޭޖްކުރުމާ ހަވާލުވުމަށް ކޮމިޝަންޑު ރޭންކަށް ޕްރޮމޯޓްވުމަށް ބޭނުންވާ ތަޖުރިބާ ހާސިލުކުރުމަށް ފަރުމާކުރެވިފައިވާ ވަރަށް މުހިންމު ކޯހެއްކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންސްޕެކްޓަރ ކޯހުން އެއް ވަނައަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިހް އިބްރާހީމްއެވެ. ދެ ވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ހޮވިފައިވާއިރު ކޯހުގެ ތިން ވަނައަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުަހައްމަދު އަފީފްއެވެ.
ހަތް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނު އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން، ސެކިއުރިޓި އެންޑް އެޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ ކޯހުގައި ބައިވެރިވުމަށް ހަދަންޖެހޭ އިމްތިހާނެއް ހެދުމަށް ފަހުއެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް، ރޭގެ ރަސްމިއްޔާތުގައި 48 އޮފިސަރުން ދަސްވެނިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު