ނަފުސާނީ ބައްޔާ ގުޅޭ ހާއްސަ ވޯކްޝޮޕެއް ބާއްވަން އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) އިން ނިންމައިފިއެވެ.
އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)އަކީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިސްކޮށް ހުންނަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ.
"މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ގެ ނަމުގައި އަސްބާއިން ބާއްވާ ނަފުސާނީ ބައްޔާ ގުޅޭ ހާއްސަ ވޯކްޝޮޕް އޮންނާނީ މާދަމާ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. ހަވީރު ހަތަރެއް ޖަހާއިރު ފަށާ އެ ވޯކްޝޮޕްގައި 70އާއި 100 އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަސްބާއިން ބުނީ މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތައިލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ. އަދި އެ ވޯކްޝޮޕްގެ ސެޝަންތަކުގައި މައުލޫމާތު ދޭނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އަސްބާ އިން ބުނެއެވެ.
މި ވޯކްޝޮޕްގެ ސެޝަންތަކުގައި މަޢުލޫމާތު ދެއްވާ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލު ކޮށްފައިވާ އާސިޔަތު ނަސޫހާ އަދި ލީޑަޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވާ ދިވެއްސެއް ކަމަށްވާ ފާތިމަތު ޝިފާޒާ ހިމެނެއެވެ.

Mental health matters! Roles reversed! Its going to be an opportunity for us to take care of them!#MentalHealthMatters #Mentalhealth #Doctors #Nurses pic.twitter.com/c0kiSn532r
— ASBA - Association for Social Benefits & Aid (@ASBAmv) August 26, 2022
އަސްބާއިން ބުނީ މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތައިލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ. އަދި އެ ވޯކްޝޮޕްގެ ސެޝަންތަކުގައި މައުލޫމާތު ދޭނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އަސްބާ އިން ބުނެއެވެ.
— ASBA - Association for Social Benefits & Aid (@ASBAmv) August 26, 2022
މި ވޯކްޝޮޕްގެ ސެޝަންތަކުގައި މަޢުލޫމާތު ދެއްވާ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލު ކޮށްފައިވާ އާސިޔަތު ނަސޫހާ އަދި ލީޑަޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވާ ދިވެއްސެއް ކަމަށްވާ ފާތިމަތު ޝިފާޒާ ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު