ރާއްޖޭގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭކަމަށް ހޯމް މިނިސްްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދު ﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރާއްޖޭގެ ސިޔާސި ޕާޓީތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތީ 2000 އިން 2005 ވަނަ އަހަރާ ހަމައަށް ނުވަތަ 2005 އިން 2008 ވަނަ އަހަރާ ހަމައަށްވެސް އޮތް ގޮތަށް ނޫންކަމަށެވެ. އެހެންކަމުން މިދިޔަ މުއްދަތުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް އަދުގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.



ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީން ނިންމާ ގޮތެއް އަދި ނޭނގެއެވެ. މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އަދާލަތު ޕާޓީ އޮތީ ޖުމްހޫރީ ޕާޓީއާ އެއް ފަޅި އެއްގައިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކުންކަން ނުވަތަ ވަކިންކަމެއް އަދި ނުނިންމައެވެ. ބޮޑެތި ޕާޓީތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެނޑިޑޭޓް އިއުލާންކޮށްފައިވަނީ ޕީޕީއެމުން އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު