ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރައްޔިތުން ބާރުވެރިކަން ދޭންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

"ސަންގު" ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ގައުމުގައި ހުރި މައްސަލަތަކުގެ ހައްލު ގާސިމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުންނާއި، އިޖުތިމާއީ އަދި ދީނީގޮތުންނާއި އިގްތިސާދީ ގޮތުން ގައުމުގައި ހުރި މައްސަލަތަށް އިސްލާހު ކުރަން ރާއްޖޭގައި ހުރި ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށް ނިހާން ވިދާޅުވިއެެެވެ. ނިހާން ވިދާޅުވީ ގައުމަށް ދިމާވެފައި ހުރި ވަރަށް ގިނަ މައްސަލަތަކުގެ ހައްލު ގެންނަން ހުރިހާ މަރުހަލާއެއްގައި ގާސިމް އުޅުއްވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އަތްޕުޅަށް މިހާތަނަށް މި ހައްލުތައް ގެންނަން ރައްޔިތުން ބާރުވެރިކަން ދީފައިނުވާ ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުން ޓެސްޓު ނުކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އެހެންކަމުން އަޖުމަ ބަލަން އެމަނިކުފާނަށް ފުރުސަތު ދިނުމަށް ނިހާން ވަނީ އެދިވަޑައިގެންފައެވެ.

"ދިވެހި ރައްޔިތުންގެ ވިސްނުން ހެއު ވިސްނުމަކަށް ބަދަލުކުރަށްވަައިގެން އެމަނިކުފާނު (ގާސިމް) އަތްޕުޅަށް ދެއްވަ ބައްލަވާށޭ، އެންމެ ފަހަރަކު މި ބަދަލު ގެނައުމުގެ ބާރުވެރިކަން، މިއިން އެއްވެސް ކަމެއް އެބޭފުޅުން އެދިވަޑައިގަންނަވާ މިންވަރަށް ނުކޮށްދީ އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމީ ޔަގީންކަން ކަމެއް، އަޅުގަނޑަށް ސައްތަ އިން ސައްތަ ޔަގީންކަމާއެކު ދަންނަވަން ކެެރޭ" އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އިންތިޚާބުވި ހުރިހާ ސަރުކާރެއް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމަށް އިޝާރަތް ކުރަށްވައި ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާން ވަނީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑިމޮކްރެސީ މަރުހަލާގެ ތެރެއަށް ބަދަލު ގެންނަން އެންމެ ފަރުދަކު ޖާނާއި މާލުން ގުރުބާންވި ފަރާތެއް ރާއްޖޭގައި މިވަގުތު ދިރިހުރެއްޖެނަމަ އެއީ ގާސިމް ކަމަށްވެސް ނިހާން ވަނީ ފާހަގަކުރަށްވާފައެވެ. ނިހާން ވިދާޅުވީ ރައްޔިތުން މިއަދު ވިސްނަންވީ އިހުލާސްތެރިކަމާއެކު ކަމެއް ކޮށްދޭނެ ފަރާތަކާއި މެދު ކަމަށެވެ. އެގޮތުން ރާއްޖެ މިހާރު ވެއްޓިފައި އޮތް ހާލަތުން އަރައިގަނެ ރާއްޖެ ރަނގަޅު ޓްރެކަށް ގެންގޮސްދޭން ތަޖުރިބާ ހުރި ބޭފުޅެއް މުހިއްމު ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ގާސިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ފަރާތެއް ނޫން ކަމަށާއި ރައްޔިތުންގެ މާލިއްޔަތުގެ މައްޗަށް އަމާނާތްތެރިވާނެ ބޭފުޅެއް ކަަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު