ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން މިސްކިތްތަކުގެ އިމާމުންނަށް އަންގައިފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގަައި ބުނެފައިވަނީ ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އެ މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގައިފައިނުވާނެ ކަމަށެވެ. މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހެދުމަކީ އެ މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެން ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. އަދި މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ސާކިއުލާއެއް އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށާއި މީޑިއާގައި މިހާރު ފެތުރެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު