ރައްޔިތުން އަމިއްލައަށް އިންސާފު ހޯދަން ނިކުންނަ ސަބަބުތަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެ ދެއްވައިފިއެވެ.
ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ފުލުހުން ވަނީ އިންސާފު ހޯދުމުގެ ނަމުގައި އަނިޔާވެރި އަމަލު ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެެވެ.
އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ވަނީ ރައްޔިތުން އިންސާފު ހޯދަން ނިކުމެދާނެ ސަބަބުތައް ހާމަކުރަށްވާފައެެވެ. އެގޮތުން މިކަމުގައި ފުލުހުން ނުވަތަ ތަހުގީގު ބަލިކަށިވުމާއި ޕީޖީގެ ދައުވާ ބަލިކަށިވުން ހިމެނޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓްތަކުގެ މަސައްކަތްތައް ލަސްވުމާއި ކުށާ ނުބައްދަލު ލުއި އަދަބު ގާނޫނުގައި ހިމެނިފައި އޮތުން އެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ފުލުހުން ރޭ ވަނީ އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލު ނުހިންގަން އިލްތިމާސްކޮށްފައެެވެ.
ފުލުހުން ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގާނޫނޫތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތުގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
"މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން." ފުލުހުން ބުނެފައިވެއެވެ.

Rayyithun amilla ah insaaf hoadhumah nukumedhaane sababu thah.
— Dr.Mohamed Iyaz (@dr_iyaz) August 25, 2022
1. Fuluhun las vun nuvatha thahugeegu balikashi vun
2. PG dhauvaa balikashi vun
3. Court thakun masakkaiy las vun.
4.Kushaa nubadhdhalu lui adhabu qaanoonuga liyefa othun.
ފުލުހުން ރޭ ވަނީ އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލު ނުހިންގަން އިލްތިމާސްކޮށްފައެެވެ.
ފުލުހުން ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގާނޫނޫތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތުގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
"މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން." ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު