ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމަށް ހައްދުންމަތީ ދަނބިދޫ ކައުންސިލުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ލ. ދަނބިދޫ ކައުންސިލުން މިއަދު ވަނީ ބައްދަލު ކުރަށްވާފައެވެ. މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ރައީސާއި ވަނީ މަޝްވަރާ ކުރަށްވާފައެެވެ.
މިބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުގެ މެމްބަރުން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައި ތިއްބާ މި ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމަށެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ޞިއްޙީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނުތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލްގެ ލައިބްރަރީއެއް އިމާރާތްކުރުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަދި ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުންވަނީ ތަފްޞީލުކޮށް ރައީސާއި ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ދާއިރާގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގައި ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން އޮތް ކަމަށާ، ރަށުގެ ނެރުބައްތި ނެތުމާ، ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރިއެވެ. މީގެ އިތުރުން އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވާކަންކަމުގެ މަަޢުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރަށްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު