ރާއްޖޭގެ ކަނޑު ސަރަޙައްދު ބަލަހައްޓައި ރައްކާތެރިކުރުމަށްޓަކައި ކޯސްޓްގާޑުގެ ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު މިހެން ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑު 10 ވަނަ ބޭސިކް ޑައވިންގ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކައިގައެވެ.
މި ރަސްމިއްޔާތުގައި ކޯހުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، ކޯހުން ފާސްވި ދަރިވަރުންނަށް ޑައިވަރސް ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.
ކޯސްޓްގާޑު 10 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ "ފަސްޓް އިން މެރިޓު އެވޯޑް" ޙާސިލްކޮށްފައިވަނީ ލާންސް ކޯޕްރަލް ޢަބްދުﷲ މަޖީދެވެ. "ބެސްޓް ޑައިވަރ" އަދި "ބެސްޓް ފޮރީން ޑައިވަރ" އެވޯޑު ހާސިލުކުރީ، ރޯޔަލް މެލޭޝިއަން ނޭވީގެ ލީޑިންގ ރޭޓް ޑައިވަރ މުޙައްމަދު ޚައިރުލް ރެޒާ ބިން ހަކެމީއެވެ. އަދި ކޯހުގެ "ފިޓެސްޓް ޑައިވަރ" އެވޯޑް ހާސިލުކުރީ ލާންސް ކޯޕްރަލް އިބްރާހީމް މުނާޒެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްކެވި ވާހަކައިގައި، ވޭތުވެދިޔަ އަހަރުތަކުގައި، އެމްއެންޑީއެފްގެ ތަމްރީނާއި ތަޢުލީމުގެ ނިޒާމަށް ގެންނަން ފެށި ބަދަލުތަކުގެ ތެރެއިން ކުރިއެރުންތަކެއް ހާސިލުކުރެވެމުން ދާކަން ފާހަގަކުރެއްވިއެވެ. އަދި، އެ ކުރިއެރުންތަކާއެކު، މިއަދު އެމްއެންޑީއެފުން ސިފައިން ތަމްރީނުކޮށް، ތަރައްޤީކުރުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތަކާއި ކޯސްތައް ހިންގަމުން ގެންދާ ކަމަށާއި، އެ ހުރިހާ ތަމްރީނުތަކެއްގެ ތެރެއިން ވެސް، ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ތަފާތު ވަނީ، ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވާ ހަމައެކަނި ޕްރޮގްރާމަށް އެ ކޯސް ވެގެންދާތީ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ ސަރަޙައްދު އޮތް ޤައުމަކަށް ވުމުން، ކަނޑުގެ އެ ފުޅާ ސަރަޙައްދު ބަލަހައްޓައި ރައްކާތެރިކުރުމަށްޓަކައި ކޯސްޓްގާޑުގެ ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި ކުރިއެރުންތަކެއް ހާސިލުކުރެވެމުން ދިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، އިތުރުވަމުންދާ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކާ އެކު، މޫދުގައި މީހުން ގެއްލުމާއި، ކަނޑު އުޅަނދުފަހަރަށް ދިމާވާ އެކިއެކި އިންސިޑެންޓްތައް ފަދަ ހާދިސާތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި، އެފަދަ ހާދިސާތަކުގައި، ސިފައިން މުހިންމު އޮޕަރޭޝަންތައް ހިންގަމުންދާއިރު، ސިފައިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ ފުޅާވަމުންދާ ކަމާއި، ހަމައެއާއެކު ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމުގައި ރައްޔިތުން، ސިފައިންނަށް ކުރާ އިތުބާރު ވެސް އިތުރުވެފައިވާކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ކޯސްޓްގާޑުގެ ސެއިލަރުންގެ މަސައްކަތްތަކާ މެދު ފަޚުރުވެރިވެލައްވާ ކަމުގައި ވިދާޅުވެފައެވެ.
އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި 2022 މެއި 25 ވަނަ ދުވަހުން ފެށިގެން ހިންގި މި ކޯހުގައި 15 ދަރިވަރުން ބައިވެރިވެ، 12 ދަރިވަރަކު ވަނީ ކޯހުން ސެޓްފިކެޓް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ހަތަރު އަސްކަރިއްޔާއަކަށް ނިސްބަތްވާ ދަރިވަރުން ވެސް މި ކޯހުގައި ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އެގޮތުން، މި ކޯހުގައި އިންޑިއާ، ނޭޕާލް، ބަނގްލަދޭޝް އަދި މެލޭޝިއާގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.
ކޯހުން ތަމްރީނު ފުރިހަމަކުރި ބޭރުގެ އަސްކަރިއްޔާތަކުގެ ސިފައިންނާ މުޚާޠަބުކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އެކުވެރި ޤައުމުތަކުން އެ ކޯހުގައި ތަމްރީނު ހޯދި ފަރާތްތަކަށް އެމްއެންޑީއެފްގެ ސެއިލަރުންނާއެކު އުނގެނުމުގެ އުފާވެރި ތަޖުރިބާއެއް ލިބިލެއްވިކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކޯހުން ފާސްވެ ބޭރުގެ އަސްކަރިއްޔާތަކަށް ނިސްބަތްވާ ދަރިވަރުން އެ މީހުންގެ ޤައުމަށް އެނބުރި ދާނީ އުފާވެރި ހަނދާން ތަކަކާ އެކުގައި ޔަޤީންކުރައްވާ ކަމުގައެވެ. އަދި، އެ ދަރިވަރުން ދިވެހި ސިފައިންނާއެކު ޙިއްޞާކުރި ތަޖުރިބާއާއި، އުފެދިފައިވާ އެކުވެރިކަމުގެ ސަބަބުން، މި ތަމްރީނު އިތުރަށް ރަނގަޅުކުރުމަށް ފުރުޞަތު ލިބުމާއެކު، ޕްރޮފެޝަނަލް ގޮތެއްގައި އެ ފަރާތްތަކުގެ ކެރިއަރު މުއްސަނދި ކުރެވިގެންދާނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
އެ ކޯހުގައި ދަރިވަރުންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި، ޑައިވިންގ ހިސްޓްރީ އެންޑް ރެގިއުލޭޝަން، ފިޒިކަލް އެޑިޔުކޭޝަން، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ، ޑައިވިންގ އިކްއިޕްމެންޓްސް އެންޑް އެސަސަރީސް، ޑައިވިންގ ޓޭބަލް އެންޑް ކޮމްޕިއުޓަރޒް، ޑައިވިންގ ފަސްޓްއެއިޑް، ޑައިވިންގ ސްކިލް، ޑައިވިންގ އޮޕަރޭޝަން، ވެސަލް ރެސްކިޔު އެންޑް ސެލްވޭޖް، ޑައިވިންގ ކޮމިއުނިކޭޝަން، ޑައިވިންގ ސަރޗް ޕެޓާންސް އަދި ދަރިވަރުންގެ އެޓިޓިއުޑް ހިމެނެއެވެ.
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހަކީ ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ފަހު އެމްއެންޑީއެފްގެ ޚިދުމަތާ އަލަށް ގުޅޭ ސިފައިންނާއި އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުންދާ ސިފައިންގެ ތެރެއިން ޑައިވިންގެ މަސައްކަތަށް ޚާއްޞަ އަސާސީ ތަމްރީނެއް ލިބިފައި ނުވާ ސިފައިންނަށް އަމާޒުކޮށްގެން ޑައިވިންގެ އަސާސީ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ. މިގޮތުން މި ކޯސް ފުރިހަމަކުރާ ފަރާތްތަކަކީ، ކަނޑުގައި ދިމާވެދާނެ ކޮންމެ ޙާލަތެއްގައި ހުނަރުވެރިކަމާ އެކު ޑައިވަރެއްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ކުރިމަތިލާން ކެރޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންދާނެއެވެ.
ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހީޒް އެކްސެލެންސީ ރިއަރ އެޑްމިރަލް އެސް.އެމް. ޢަބްދުލް ކަލާމް އާޒާދާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން މަހޭޝް މޯޑްގިލްއާއި، ދިވެހިރާއްޖޭގައި ހުންނަވާ ޔޫއެންއޯޑީސީގެ ހެޑް، މރ. އެންރިކޯ ބޮނިންގްސޭނާއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓަރުންނާއި، ބައެއް ޔުނިޓްތަކުގެ ކޮމާންޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު