މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 10000 އަށްވުރެ ގިނަ މަސްވެރިން ރަޖިސްޓްރީވެއްޖެއެވެ.

މަސްވެރިންގެ ދަފްތަރަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ފިޝަރީޒް ކޮމްޕްލައެންސް އަހުމަދު ޝިފާޒް ވިދާޅުވީ މިހާތަނަށް 10000 އަށްވުރެ ގިނަ މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ހުރިހާ މަސްވެރިން ދަފްތަރުގައި ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ރާއްޖޭގައި ގާތްގަނޑަކަށް 17000 ނުވަތަ 18000 މަސްވެރިން އެބަ ހަރަކާތްތެރިވޭ، މި އަދަދުތަށް އަދި އިތުރުވާނެ އެހެން ވީމަ." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ފާނައިގެ މަސްވެރިކަމާއި، ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު ވަރަށް ބޮޑަށް އެއްކުރެވިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ އޮންލައިން ޕްލެޓުފޯމެއް މެދުވެރިކޮށް، މަސްވެެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝިފާޒް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދަފްތަރުގައި ފާނައިގެ މަސްވެރިކަމާއި، ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު ވަރަށް ބޮޑަށް އެއްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ އޮންލައިން ޕްލެޓުފޯމެއް މެދުވެރިކޮށް، މަސްވެެރިކަންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއް ހިމެނޭ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމަކީ ފިޝަރީޒް މިނިސްޓްރީއަށް މަތިކުރެވިފައިވާ ޒިންމާއެކެވެ.



ކިޔުންތެރިންގެ ހިޔާލު