ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއިރު ސްޕީކަރުގެ އަޑު މަޑުކުރަން އެންގީ ބައެއް އާއްމުން އެކަމުގެ ޝަކުވާކުރަމުންދާތީކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްޜީން މިހެން ބުނެފައި މިވަނީ މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން އަންގާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ބަންގި ގޮވުމަށް ފަހު، ނަމާދުކުރާ ވަގުތު ލައުޑު ސްޕީކަރު ނިއްވާލަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައެވެ. އަދި އެގޮތަށް އެކަން ކުރަން އެންގީ ބާރަށް އަޑު ހުރެގެން ޝަކުވާ ލިބިފައިވާތީކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ނަމާދު ކުރާ ވަގުތުގައި ވެސް ބޭރަށް އަޑު އިވޭ ގޮތަށް ހުރުން ކަމަށެވެ.

ބައެއް މިސްކިތްތަކުގެ އަޑު މަޑުކުރަން އެންގިނަމަވެސް އެއީ އާންމު އެންގުމެއް ނޫންކަމަށް މިނިސްޓްރީން ބުނެއެވެ.

ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއިރު ސްޕީކަރުގެ އަޑު މަޑުކުރަން އެންގުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު