މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ބައެއް މަގުތަކުން ޕާކިންގ ޒޯން ހުސްކޮށްފައިވާތީ މަޖީދީ މަގާއި އަމީނީ މަގުގައި އިތުރު ޕާކިން ޒޯނުތަކެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑެތި ބައެއް މަގުތަކުގައި ވަނީ ޕާކްކުރުން މަނާކޮށްފައެވެ. އޭގެތެރޭގައި ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގު ހިމެނެއެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އެއް ބައިގައި ޕާކިން ޒޯން ހަދަމުންދާކަމަށެވެ. އަދި އެ ޒޯނު ހާއްސަ ކުރާނީ މިހާރު އެ ސަރަހައްދުގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ މާލެގެ މިނީ ބަސް ޚިދުމަތް ފެއްޓުމަށްޓަކައި މާލެ ސިޓީ އެކި ސަރަހައްދުތަކުގަ ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އަމީނީމަގު ޓްރެފިކް ޕޮލިސް ކައިރިން ވަނީ ޕާރކިންގ ޒޯނެއް ހަދާ، އެ ސަރަހައްދެގެ ކޮންކުރީޓު މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ.
އަމީނީ މަގުގެ އިތުރުން މަޖީދީ މަގުގައިވެސް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށަން ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. މަޖީދީ މަގުގައި ޕާކިންގ ޒޯން ހަދަނީ ހެންވޭރުކޮޅުން މުނި އުފާ ހުންނަ ސަރަހައްދާއި އަދިވެސް އިތުރު ބައެއް ތަންތަނުގައެވެ.
މަޖީދީ މަގުގައި މިހާރުވެސް ވަނީ 3 ޕާކިން ޒޯނެއް ހަދާފައެވެ. އޭގެތެރޭގައި ހިމެނެނީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިންއެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ.
މާލޭގައި މިނީ ބަސް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ހިދުމަތް ފެށޭނެ ސީދާ ދުވަހެއް ނޭނގެއެވެ.

މާލެގެ މިނީ ބަސް ޙިދުމަތް ފެއްޓުމަށްޓަކައި މާލެ ސިޓީ އެކި ސަރަހައްދުތަކުގަ ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އަމީނީމަގު ޓްރެފިކް ޕޮލިސް ކައިރިން ވަނީ ޕާރކިންގ ޒޯނެއް ހަދާ، އެ ސަރަހައްދެގެ ކޮންކުރީޓު މަސައްކަތް އެއްކޮށް ނިންމާފައެވެ. pic.twitter.com/J7c5epgVi4
— Male' City Council (@MaleCitymv) August 25, 2022
އަމީނީ މަގުގެ އިތުރުން މަޖީދީ މަގުގައިވެސް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށަން ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. މަޖީދީ މަގުގައި ޕާކިންގ ޒޯން ހަދަނީ ހެންވޭރުކޮޅުން މުނި އުފާ ހުންނަ ސަރަހައްދާއި އަދިވެސް އިތުރު ބައެއް ތަންތަނުގައެވެ.
މަޖީދީ މަގުގައި މިހާރުވެސް ވަނީ 3 ޕާކިން ޒޯނެއް ހަދާފައެވެ. އޭގެތެރޭގައި ހިމެނެނީ މާފަންނު ސަރަހާ ކައިރި އާއި ބިއްލޫރިޖެހިގެ ހިންގި އިމާރާތާ ޖެހިގެން އޮންނަ ހުސް ބިން އަދި ހީނާމާގެ ޕާކިންއެވެ. އަމީނީ މަގުން އެ ގޮތަށް ހަދާފައި ވަނީ ފުޑް ކޯޓް ސަރަހައްދާއި ފިނޭންސް މިނިސްޓްރީ ކައިރި އާއި ބިލަބޮންގް ސްކޫލު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ޕާކިން ޒޯނާއި ކޭއެފްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެވެ.
މާލޭގައި މިނީ ބަސް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ހިދުމަތް ފެށޭނެ ސީދާ ދުވަހެއް ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު