ކުރީ ސަރުކާރުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްެއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އެކައުންޓް އަލުން ފްރީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އޭސީސީން ފަށައިފިއެވެ.
އެސްއޯއެފްގެ އެކައުންޓްތައް ފްރީޒްކުރުމަށްފަހު، އޮތުމަށްފަހު ކޯޓު އަމުރެއްގެ އިއްޔެ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލަން އަމުރުކުރީ ކޮންފަރާތަކުން އެދިގެންކަމެއް އަދި ސާފެއް ނުވެއެވެ.
އޭސީސީން ބުނީ އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރު ކުރުމުން އެކައުންޓްތައް އަލުން ފްރީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރ ވިދާޅުވީ އެސްއޯއެފްއެގެ އެކައުންޓުތައް ދޫކޮށްލަން ސިވިލްކޯޓުން އަމުރު ކުރި ހިސާބުން އެކައުންޓުތައް އަލުން ފްރީޒް ކުރުމުގެ އަމުރަކަށް އެދެން އެކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދޮ މިފެށޭ ހަފްތާގައި އެކައުންޓު ފްރީޒް ކުރުމަށްޓަކައި ހޯދަންޖެހޭ އަމުރު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް އޭސީސީން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގައި އެސްއޯއެފުން ވަނީ ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރުގެ މުޢާމަލާތް އެކި ކުންފުނިތަކާއިއެކު ހިންގާފައެވެ.
އެސްއޯއެފްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އެދިގެންނެވެ. އޭރު ސިވިލް ކޯޓުން ކުރި އަމުރުގައި އެކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަގެ ޕާސަނަލް އެކައުންޓު ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު