ކަރަންޓް ބިލް ކުޑަކުރެވޭނީ ސަރުކާރުން ސަބްސިޑީ ދީގެން ނޫން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ފުނަދޫ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، ކަރަންޓް ބިލް ކުޑަކުރެވޭނީ ސަބްސިޑީޒް ދީގެން ނޫން ކަަމަށާއި ކަރަންޓް ބިލް ކުޑަކުރެވޭނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަރުކޮށް އިއާދަކުރަނިވި ހަކަތަ ގާއިމްކޮށްގެން ކަމަށެވެ. އެގޮތުން މިހާރު ސަބްސިޑީޒް ދޭ ވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ސޯލާ ހަރުކުރަންޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 މެގަވޮޓަށް ކަރަންޓް ބޭނުންކުރާ އަދަދު ދަށް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ފަޅުތެރޭގަައި ސޯލާ ހަރުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް ކަމަށާއި، އެހެންކަމުން ދުނިޔޭގެ އެކި ގައުމުތަކުގައި ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލެޖީ ރާއްޖެއަށް ތައާރަފް ކުރުމަށް މަސަަަކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވައިން ހަކަތަ އުފެއްދުމަކީ ވެސް އަޅުގަނޑުމެން އެޑްވާންސް ކޮށް ކުރަންޖެހޭ ކަމެއް، އެގޮތުން ނ.މަނަދޫގައި 300 ކިލޯ ވޮޓްގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް އަޅުގަނޑުމެން މި އަންނަނީ މިއަހަރު ތެރޭގައި ތައްޔާރުވަމުން،" ޝައުނާ ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު