ށ. ފުނަދޫ އިންޖީނުގެ ހިންގުން ފެނަކައާ މިއަދު ހަވާލުކޮށްފިއެވެ.
ފާއިތުވި 36 އަހަރު އެ ރަށު ރައްޔިތުން ހިންގި އިންޖީނުގެ ފެނަކައާއި ހަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފެނަކަ އިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ހިދުމަތުގެ އިންގިލާބީ ބަދަލު ގެނައުމުގެ މަސައްކަތް ފެނަކައިން މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު އެ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ޖަލްސާގައި ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީި، އެ ރަށުގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ފެނަކައިން ކުރާނެކަމަށާ، އެކަންކަން ކުރާއިރު ވެސް ރައްޔިތުންނަށް ދޭންޖެހޭ ކަރަންޓްގެ ހިދުމަތަށް ބުރޫ ނާރާނެގޮތަކަށް އެކަންކަން ތަރުތީބު ކުރެވިގެން ދާނެކަމަށެވެ.
މި ޖަލްސާގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގައި ތެލަށް ކުރާ ހަރަދު ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ، ސަރުކާރުން މިހާރު ފަށާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫތައް ނިމޭއިރު 120 މެގަވޮޓްގެ ހަކަތަ ރާއްޖޭގައި އުފެއްދި ތެލަށް ކުރާ ހޭދައިން 900 މިލިއަން ދައުަލަތަށް ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު