ކުރީ ސަރުކާރުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްެއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އެކައުންޓް ފްރީޒްކޮށްފައި އޮތުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އެ އެކައުންޓް ދޫކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިމްފޮމޭޝަން އޮފިސަރު މި ނޫހަށް ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓް ދޫކޮށްލާފައިވާކަން އެނގިފައިވާ ކަމަށާ، އެކަން ކޮށްފައިވަނީ އެ އެކައުންޓްގެ ވެރިފަރާތުން އެދުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކައުންޓް ދޫކޮށްލި ނަމަވެސް، މިހާރު އެ އެކައުންޓް އަނެއްކާވެސް ފްރީޒް ކުރުމުގެ އަމުރަކަށް އެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
ކޮރަޕްޝަންގެ މައްސަލާގައި އެސްއޯއެފްގެ އެކައުންޓް ފްރީޒްކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އަމުރަކުންނެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު އެ އެކައުންޓް ދޫކޮށްލާފައި ވަނީ ވެސް ސިވިލް ކޯޓުންނެވެ.
އޭސީސީން 2019 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އޭގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު