ފިރިހެން ދަރިވަރަކާއި ބެހެން އުޅުނު ކަމަށް ބުނެ ފިރިހެން ޓީޗަރަކަށް އަނިޔާކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު މިރޭ 22:00 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެެވެ.
މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފިރިހެން ޓީޗަރަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވަނީ ޓިއުޝަން ނަގައިދިނުމަށް އޭނާ ދިރިއުޅެމުން ދިޔަ ގެއަށް ދިޔަ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ޖިންސީ ގޯނާގެ ޝިކާރައަށްވި ކުއްޖާ އެކަން އެކުއްޖާގެ ބެލެނިވެރިންނަށް ކިޔައި ދިިނުމުން އާންމުން އެ ޓީޗަރު ހުޅުމާލޭގެ މަގުމަތީގައި ބަހައްޓައިގެން އޭނާ އެކަން ކުރިތޯ އަހާ އަނިޔާކުރާ ވީޑިއޯ އެއް ވަނީ އާންމުވެފައެެވެ. ވީޑިއޯ އިން ފެންނަގޮތުގައި ގިނަ ބަޔަކު އެއްވެފައި ތިބި ތަނެއްގައި ހުރެ އެ ފިރިހެން ޓީޗަރު ވަނީ، އޭނާ ފިިރިހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެއެވެ. އަދި އޭނާ ހަމައެކަނި ޖިންސީ ގޯނާ ކުރީ އެކުއްޖާ އަށް ކަމަށްވެސް އެ ފިރިހެން ޓީޗަރު ބުނެއެވެ.
ޓީޗަރު ފުލުހުންނާއި ހަވާލު ކުރުމުގެ ކުރިން އާއްމުން ވަނީ، އޭނާ ލައިގެން ހުރި ޓީޝާޓާއި، ފަޓުލޫނުވެސް ބާލުވައި އޭނާ އަށް އަނިޔާކޮށްފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު