ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން މައުލޫމާތު އެއްކުރި ތިން އައި ފޯނު ތަހްލީލް ކުރި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފިއެވެ.
އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަަނީ އުފުލާފައެެވެ. އެ މައްސާލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެެވެ.
ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައެޅި ތިން ފޯނެއްގައި ހުރި ޑޭޓާތަކެއް އެއްކުރި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ހެކިބަސް ނަގާފައިވަނީ މިއަދު މެންދުރުފަހު އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. އޭނާ ހެކި ބަސް ދީފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެެ.
ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އެ ތިން ފޯނު އޭނާ މަސައްކަތްކުރާ އެތީނާ އިންޓެލިޖެންސްއާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށެވެ. ޑިޖިޓަލް ފޮރެންސިކް އެގްޒަމައިނަރެއްގެ ގޮތުގައި 19 އަހަރު މަސައްކަތްކޮށްފައިވާ އެ މީހާއާ ހަވާލުކުރި ތިން ފޯނުގެ ވެރިންނަކީ ކޮންބައެއްކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ތިން ފޯނުގެ ތެރެއިން ޑޭޓާ އެއްކުރެވިފައިވަނީ ދެ ފޯނުންނެވެ. އަނެއް ފޯނު ޑިފޯލްޓް ވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ ފޯނުން ޑޭޓާތައް އެއްކުރަން ފެށުމުގެ ކުރިން އެ ފޯނުތަކުގެ ވެރިފަރާތުގެ ހުއްދަ ހޯދިކަން ކަށަވަރުކުރި ކަމަށެވެ. އަދި އެއް ދުވަސް ތެރޭގައި ދެ ފޯނުގެ ޑޭޓާތައް އެއްކުރެވުނު ކަމަށް ވެސް އޭނާ ހެކިބަސް ދެމުން ބުނެފައިވެެއެވެ. އަދި ދެ ފޯނުގެ ތެރެއިން އެއް ފޯނުން ޓެކްސްޓް މެސެޖުތަކެއް އެއްކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ދައުލަތުން ރައީސް ޔާމިންގެ މައްޗަށް އުފާލާފަައިވާ އެ ދައުވާގައިވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު އެމަނިކުފާނު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު