އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ އަކީ ވަކި ގާނޫނީ ޝަޙުޝަކަށް ހަދަންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޑަބްލިއުޑީސީއަށް ބާރުވެރިކަން ލިބޭނީ މުސްތަގިއްލު ކަމާއެކު ހަރަކާތްތަށް ހިންގޭނެ ނިޒާމެއް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދީގެން ކަމަށެެވެ. "މޮހޮނަށް އޮޑި ދިން ހެން" އާރެއް ބާރެއް ނެތް ގޮތަށް ޑަބްލިއުޑީސީއަށް ބަޖެޓްގެ 5 ޕަސެންޓް ދީގެން ނަތީޖާ ނެރެން ދަތިވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެެވެ.
"ޑަބްލިއުޑީސީ ގާނޫނީ ވަކި ޝަޙުޝަކަށް ހަދަންޖެހޭ." ރާއްޖޭގެ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެެވެ.
ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމް ހިންގުމުގައި މުހިއްމު ޒިންމާތަކެއް ޑަބްލިއުޑީސީއާއި ވަނީ ހަވާލުކޮށްފައެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި، ރަށްވެހި ކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރުމާއި އެކި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމާއި އަންހެނުން އިތުރަށް ބާރުވެރިކުރުވާނެ ފަދަ ކަންކަން ކައުންސިލާ ގުޅިގެން މަގުފަހިކުރުން ހިމެނެ އެވެ.

WDC ah baaruverikan libeynee musthaqillukamaaeku harakaaiythah hingeyne nizaameh qaanoonee imugetherein foarukohdhevigen. "Mohonah odi" dhinhen, aareh baareh neiy gothakah WDC ah budget ge 5% in natheejaa neren dhathivaane! WDC akee qaanoonee vaki shakhusakah hadhanjehey!
— Adam Shareef Umar (@Adamshareefz) August 22, 2022
"ޑަބްލިއުޑީސީ ގާނޫނީ ވަކި ޝަޙުޝަކަށް ހަދަންޖެހޭ." ރާއްޖޭގެ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެެވެ.
ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމް ހިންގުމުގައި މުހިއްމު ޒިންމާތަކެއް ޑަބްލިއުޑީސީއާއި ވަނީ ހަވާލުކޮށްފައެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި، ރަށްވެހި ކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރުމާއި އެކި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމާއި އަންހެނުން އިތުރަށް ބާރުވެރިކުރުވާނެ ފަދަ ކަންކަން ކައުންސިލާ ގުޅިގެން މަގުފަހިކުރުން ހިމެނެ އެވެ.
ކިޔުންތެރިންގެ ހިޔާލު