ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރައްވައިފިއެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރްއެވެ.
2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދު ވަނީ އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައެވެ. އަދި މިފަހަރު މިސޮއިކުރި އެމް.އޯ.ޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ޖޭއެސްސީން ބުނެއެވެ.
އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް، އަލްއުސްތާޛާ ޙިސާން ޙުސައިން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު އަގުހުރި ފުރުސަތު ފާހަގަކުރައްވާ، މިފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދެންނެވުމާއެކު ކޮމިޝަނުން މި އެމް.އޯ.ޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިޔާގެ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރް، މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާއި ކޮމިޝަނާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަޤްބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

Signing of Judicial Co-operation MOU between Judicial Service commission, Maldives and Ministry of Law & Justice, India
— Judicial Service Commission (@MaldivesJSC) August 23, 2022
For more images: https://t.co/iNIPwM1u59 pic.twitter.com/vs1vPXP4sW
2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދު ވަނީ އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައެވެ. އަދި މިފަހަރު މިސޮއިކުރި އެމް.އޯ.ޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ޖޭއެސްސީން ބުނެއެވެ.
އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް، އަލްއުސްތާޛާ ޙިސާން ޙުސައިން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު އަގުހުރި ފުރުސަތު ފާހަގަކުރައްވާ، މިފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދެންނެވުމާއެކު ކޮމިޝަނުން މި އެމް.އޯ.ޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިޔާގެ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރް، މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާއި ކޮމިޝަނާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަޤްބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު