ގދ. ތިނަދޫގައި ހުންނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ އެ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެތައް ބަޔަކު ދައުރުކުރަމުންދާ ދަނިކޮށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ގޮނޑިއެއްގައި އިށީނދެގެން އިން ފިރިހެން ކުއްޖަކަށް އެެހެން ކުއްޖަކުން ފޮތުންނާއި އަތުންނާއި ފައިން އަނިޔާކުރެއެވެ. އަދި އެކަން ހުއްޓުވަން އެހެން ކުދިން މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެޑިއުކޭޝަން މިނިސްްޓްރީން މި މައްސަލަ ބަލަމުންދާކަމަށް ވިދާޅުވިޔަސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިރުކޮށްގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ދައުރުވަމުންދާ ވީޑިއޯ މީޑިއާގައި އަދި ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ޖެންޑަރ މިނިސްޓްރީގެ އިތުރުން ފުލުހުންވެސް ވަނީ ދައުރުވަމުންދާ ވީޑިއޯއަކީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ވީޑިއޯއަަކަށްވާތީ އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް އެ ވީޑިއޯ ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު