3 ރަށެއްގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މ.މުލަކު އަދި ރ.އުގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމާއި، މ.މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ.
މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމާއި މ.މުލަކު އަދި ރ.އުގޫފާރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.
މ.މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 343 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 539 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި ގިރާ ސަރަޙައްދުގެ ގޮނޑުދޮށަށް ވެލި އަޅާ އެތަން އިއާދަކުރުން ކުރިއަށްދާނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 38.9 މިލިއަން ރުފިޔާއަށް، 15 މަސް ދުވަހުން ނިންމާގޮތަށެވެ.
ރ. އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށް، 6 މަސް ދުވަހުން ނިންމާގޮތަށެވެ.
މ. މަޑުއްވަރީ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ހިމެނެނީ ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 600 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމާއި 122 މީޓަރުގެ ރިވެޓްމަންޓް ޖެހުމެވެ. ބޭރު ތޮށި ހަދާނީ 92000 ކިއުބިކް މީޓަރުގެ ވެލި އަޅާ، ވެލިގަނޑު ވަށައިގެން ބޮޑު ހިލަ ޖައްސާގޮތަށެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ބަނދަރުތައް ތަރައްޤީކުރަން ފެށި ގޮތެކެވެ. މިއާއެކު ބޭރު ތޮށި ހެދުމަށް ވެލި އަޅާ އެތަން ހިއްކާ، އެތަނަކީ އާއްމުންނަށް ހިތްފަސޭހަކޮށްލުމަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހަދައެވެ. މިއީ 51 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 38،800.00 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް، 54،093.00 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރެވޭނެ. އަދި، 92،893.00600 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 122 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނޭ pic.twitter.com/kbnaJiGMNW
— Min.of National Planning, Housing & Infrastructure (@MoNPHImv) August 23, 2022
ރ. އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށް، 6 މަސް ދުވަހުން ނިންމާގޮތަށެވެ.
މ. މަޑުއްވަރީ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ހިމެނެނީ ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 600 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމާއި 122 މީޓަރުގެ ރިވެޓްމަންޓް ޖެހުމެވެ. ބޭރު ތޮށި ހަދާނީ 92000 ކިއުބިކް މީޓަރުގެ ވެލި އަޅާ، ވެލިގަނޑު ވަށައިގެން ބޮޑު ހިލަ ޖައްސާގޮތަށެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ބަނދަރުތައް ތަރައްޤީކުރަން ފެށި ގޮތެކެވެ. މިއާއެކު ބޭރު ތޮށި ހެދުމަށް ވެލި އަޅާ އެތަން ހިއްކާ، އެތަނަކީ އާއްމުންނަށް ހިތްފަސޭހަކޮށްލުމަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހަދައެވެ. މިއީ 51 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު