އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް އިއްޔެ ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.

އަލީ ސާލިހަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.

އަލީ ސާލިހަށް އިއްޔެ ހަމާލާދިނީ ހުޅުމާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގައި އޮތް ސްކޫލުގެ ހަރަކާތަކަށް ދަރިފުޅު އެ ތަނަށް ލާފައި ވަޑައިގަންނަވަނިކޮށެވެ.

އަލީ ސާލިހަށް ހަމަލާދީފައިވަނީ މިދިޔަ ޖުލައި މަހު 1 ގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށްފަހު ނަފުސާނީ ބަލިމީހެއްކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ.

އަލީ ސާލިހަށް ހަމަލާދިނުމުގެ ކުރިން އޭނާ ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތޫނު އެއްޗެއް ހިފައިގެން މީހުންނަށް ބިރުދައްކަން އުޅެފައެވެ.



ކިޔުންތެރިންގެ ހިޔާލު