ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯޓިޒަމް ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަނުން މި މައްސަލަ ބަލަން ފަށާފައި މިވަނީ އެ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ގުރޫޕް ހަދައިގެން ކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ޙިއްސާއެއްނުކުރެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އޯޓިޒަމް ހުންނަ ކުއްޖާ އެއްވެސް ކަމެއް ނުކޮށް ހުއްޓާ އެ ކްލާހުގައި އުޅޭ އެހެން ކުއްޖަކު އޭނާއަށް ހަމަލާދީ އަނިޔާކުރެއެވެ. އަދި އޭނާ އެ ކުއްޖާއަށް ހަމަލާދިނުމުން ކައިރީގައި ތިބި އެހެން ކުދިން އެކަން ހުއްޓުވަން މަސައްކަތްކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ ކްލާހުގައި ޓީޗަރަކު ހުއްޓައެވެ.

ކިޔުންތެރިންގެ ހިޔާލު