ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެއާ ދެމެދު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ދެ ގައުމުގެ އެންޓި ކޮރަޕްޝަން މުއައްސަސާތަކުގެ އިސްވެރިންގެ މެދުގައި ވަރޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮރަޕްޝާނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ބުރޫނާއީ އަކީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް އެ ޤައުމުގެ ރައްޔިތުންނާއި ގުޅިގެން ކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަމުން އޭސީސީއަށް ތަފާތު ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެކަމަށް ވިދާޅުވިއެވެ.
" ސަރަޙައްދީ އެޖެންސީތަކުގެ މެދުގައި އެންޓި-ކޮރަޕްޝަން ނެޓްވޯކެއް ޤާއިމުކުރުމަކީ، މުހިއްމުކަމެއް. އޭގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ޤާނޫނީ އެހީތެރިކަމާއި، މަޢުލޫމާތާއި އިލްމުގެ އިތުރުން މުޅި ފަންނީ އެހީތެރިކަން ހިއްސާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ. ވީމާ މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ދެފަރާތުގެ މެދުގައި ޓެކްނިކަލް ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ހުށަހަޅަން" އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ބުރޫނާއީގެ އެންޓިކޮރަޕްޝަން ބިއުރޯގެ ވެރިޔާ، ހާޖާ އަނީފާ ބިންތި ހާޖީ އަބްދުލްޣަނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ބުރޫނާޢީ ފަދަ ކުދި ޤައުމުތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުން އެއް ޤައުމު އަނެއް ޤައުމަށް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މިފަދަގޮތަކަށް ބައްދަލުވެ މަޝްވަރާކުރެވިގެން ދިއުމަކީ މުހިއްމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭސީސީން އެދުނު ފަދައިން އެޤައުމުން އަމަލުކުރާ އުޞޫލުތައް ޙިއްސާކޮށް އެހީތެރިކަން ފޯރުކޯށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތްކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުން އެޤައުމަށް ދަތުރުފުޅެއް ކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސަށާއި ޓީމަށްވަނީ ދަޢުވަތުދެއްވާފައެވެ.
ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލްގެ އިތުރުން، ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ޝިޔާމާ މުޙައްމަދުގެ އިތުރުން ކޮމިޝާނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޞަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ތަޖުރިބާ ހޯދުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.
— ACC-MALDIVES (@ACC_Maldives) August 22, 2022
ތަފްސީލް: https://t.co/EoHTYrz0w7 pic.twitter.com/6hT66YDcHT
މިބައްދަލުކުރެއްވުމުގައި ބުރޫނާއީގެ އެންޓިކޮރަޕްޝަން ބިއުރޯގެ ވެރިޔާ، ހާޖާ އަނީފާ ބިންތި ހާޖީ އަބްދުލްޣަނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ބުރޫނާޢީ ފަދަ ކުދި ޤައުމުތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުން އެއް ޤައުމު އަނެއް ޤައުމަށް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މިފަދަގޮތަކަށް ބައްދަލުވެ މަޝްވަރާކުރެވިގެން ދިއުމަކީ މުހިއްމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭސީސީން އެދުނު ފަދައިން އެޤައުމުން އަމަލުކުރާ އުޞޫލުތައް ޙިއްސާކޮށް އެހީތެރިކަން ފޯރުކޯށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތްކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުން އެޤައުމަށް ދަތުރުފުޅެއް ކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސަށާއި ޓީމަށްވަނީ ދަޢުވަތުދެއްވާފައެވެ.
ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލްގެ އިތުރުން، ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ޝިޔާމާ މުޙައްމަދުގެ އިތުރުން ކޮމިޝާނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޞަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު