ގދ. ތިނަދޫ ސްކޫލްގައި އޯޓިޒަމް ހުންނަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އޯޓިޒަމް ހުންނަ ކުއްޖާ އެއްވެސް ކަމެއް ނުކޮށް ހުއްޓާ އެ ކްލާހުގައި އުޅޭ އެހެން ކުއްޖަކު އޭނާއަށް ހަމަލާދީ އަނިޔާކުރެއެވެ. އަދި އޭނާ އެ ކުއްޖާއަށް ހަމަލާދިނުމުން ކައިރީގައި ތިބި އެހެން ކުދިން އެކަން ހުއްޓުވަން މަސައްކަތްކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ ކްލާހުގައި ޓީޗަރަކު ހުއްޓައެވެ.

މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ތިނަދޫ ސްކޫލުންވެސް ވަކި އެއްޗެއް ނުބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު