ރާއްޖޭގެ ސިޔާސީވެރިން އަމިއްލަ އެދުން ދޫކޮށް، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ބައެއް މައްސަލަތައް ބޮޑުވެފައިވާއިރުވެސް އެކަންކަމަށް ހައްލު ނުހޯދައި، ސިޔާސީ މަންފާއަށް ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.



އައްޑޫ ޝަރީފް ވިދާޅުވީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސީވެރިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން އުޅުއްވަނީ އަމިއްލަ މަންފާއަށް ކަމަށާއި، އެ ބޭފުޅުންގެ މަސައްކަތަކީ ރައްޔިތުންގެ ފައިސާއިން އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއެރުވުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީވެރިން އަމިއްލަ އެދުން ދޫކޮށް، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެފައިވާއިރު ރާއްޖޭގައި އަނިޔާވެރި އަމަލުތައް ދަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ ކަޓަރަކުން ހަމަލާދީފައެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ވަރަށް އަނިޔާވެރި ގޮތަކަށް އަންހެނަކުވެސް ވަނީ މަރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު