މާލޭގެ ގެއަކުން ވައްކަންކުރަން އުޅުނު މީހަކަށް ކޯރާޑިއަކުން ހަމަލާދީ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީއަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓް ރޭ 11:55 ހާއިރު ލިބިފައިވާކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅާލާފައެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު