ޖޭޕީގެ ތަރުޖަމާނު، އަދި އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް މިއަދު ތޫނު އެއްޗަކުން ދިން ހަމަލާ ރައީސް ނަޝީދު ކުއްވެރިކުރައްވައިފިއެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ހުޅުމާލޭ މަގުމަތިންނެވެ.
މިހަމަލާ ކުއްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރާ ގުޅުވައިގެން ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، އެމަސައްކަތަށް އިތުބާރު ހިފެން ޖެހޭނެ ކަމަށެވެ.
މިއަދުގެ މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ މިއަދު 13:26 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެެވެ. އަދި އަލީ ޞާލިހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެވިފައިވާކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެެ. މިމީހާއަކީ ހުސްވިމަހު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައިވެސް ހައްޔަރުކުރި މީހާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި އޭނާ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ނަފްސާނީ ބަލި މީހަކަށް ވާތީ ކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

Jumhooree Party ge tharujamaanu Ali Solih ah miadhu dhin nurakkaatheri hamala inthihaa ah kuvveri kuran. Raajjeyga inthizaam vegen hinga harukashi fikuruge amaluthah huttuvumah kuraa masakkaiy maabodah harudhanaave ithubaaru hifenjehey
— Mohamed Nasheed (@MohamedNasheed) August 22, 2022
މިއަދުގެ މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ މިއަދު 13:26 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެެވެ. އަދި އަލީ ޞާލިހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެވިފައިވާކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެެ. މިމީހާއަކީ ހުސްވިމަހު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައިވެސް ހައްޔަރުކުރި މީހާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި އޭނާ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ނަފްސާނީ ބަލި މީހަކަށް ވާތީ ކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު