2015 ވަނަ އަހަރު މާލޭގައި އޮތް މޭޑޭ މުޒާހަރާއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
6 އަހަރަށް ފަހު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ.
ގާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއި، ބައެއް އިސްފަރާތްތަކުން އަމީނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.
އަމީން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ ވަޑައިގެންނެވުމަކީ، އާއިލާއަށްވެސް އަދި އަމިއްލަ ނަފްސަށްވެސް ލިބުނު ހިތްހަމަޖެހުމަކާއި، ކުރިއެރުމެއްކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިސަރުކާރު ގެނައުމަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެމަނިކުފާނާއެކު އަމީން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި އަމީން އެނބުރި ވަޑައިގެންނެވުމަކީ ޕާޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"ބޭރުގައި ތިބެގެން އަޅުގަނޑާއި އަމީން އާއި އަލީ ވަހީދާއި އަދިވެސް އެހެން ބޭފުޅުން ތިބެގެން ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެންދިޔައީ. ނަތީޖާއެއްގެ ގޮތުން ކޯލިޝަން ސަރުކާރެއް މިއޮތީ." ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި މޭޑޭގެ މުޒާހަރާއަށްފަހު ސިޔާސީ މަސްރަހު ހަލަބޮލިވެ، ސިޔާސީވެރިން ހައްޔަރުކުރަން ފެށުމުން އަމިއްލަފުޅަށް ރާއްޖެ ދޫކުރައްވައި އަމީން ވަޑައިގަތީ އިނގިރޭސިވިލާތަށެވެ.
އަމީނަކީ ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު